ޚަބަރު

މާދަމާއަކީ ފިތުރު އީދު ދުވަސްކަމުގައި ކަނޑައަޅައިފި


މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ މާދަމާކަމުގައި
މިނިސްޓްރީ އޮފް އިިސްލާމިކް އެފެއާޒުން ކަނޑައަޅުއްވައިފިއެވެ. ސާދަ ސަތޭކަ ތިރީސް ހަވަނަ
އަހަރުގެ ޝައްވާލު މަހުގެ ހަނދާ ބެހޭގޮތުން ބޭއްވި ބައްދަލުވުމަށްފަހު އިއްވެވި
ހަނދާއިބެހޭ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާޖޭއްގެ ބައެއް ސަރަހައްދުތަކަށާއި އިސްލާމީ
ބައެއް ގައުމުތަކަށް މިރޭ ޝައްވާލު މަހުގެ ހަނދު ސާބިތުވެއްޖެ ކަމުގެ ރަސްމީ
ހަބަރު ލިބިފައި ވާތީ،  ޖުލައި މަހުގެ 17 ވާ ހުކުރު
ދުވަހަކީ ހިޖުރީ ސަނަތުން 1436 ވަނަ އަހަރުގެ ޝައްވާލު މަހުގެ އެއްވަނަ ދުވަސް ކަމުގައެވެ.
އަދި އެދުވަހަކީ މިއަހަރުގެ ފިތުރު އީދު ދުވަސްކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ."ދިވެހި ރާޖޭއްގެ ބައެއް ސަރަހައްދުތަކަށާއި އިސްލާމީ ބައެއް ގައުމުތަކަށް މިރޭ ޝައްވާލު މަހުގެ ހަނދު ސާބިތުވެއްޖެ ކަމުގެ ރަސްމީ ޚަބަރު ލިބިފައި ވާތީ، މާދަމާ މީލާދީ ސަނަތުން 2015 އަހަރުގެ މިހިނގާ ޖުލައި މަހުގެ 17 ވާ ހުކުރު ދުވަހަކީ ހިޖުރީ ސަނަތުން 1436 ވަނަ އަހަރުގެ ޝައްވާލު މަހުގެ އެއްވަނަ ދުވަސް ކަމުގައްޔާއި، އެދުވަހަކީ މިއަހަރުގެ ފިތުރު އީދު ދުވަސްކަމުގައި ކަނޑައަޅައިފީމެވެ." އިސްލާމިކް މިނިސްޓަރުގެ ނާއިބު ވިދާޅުވިއެވެ.