ވިޔަފާރި

ގޯލްޑް 100ގެ ގޯލްޑް ޕާރޓްނަރަށް މިއަހަރުވެސް ބީއެމްއެލް


ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކުރުމަށް ދޭ "ގޯލްޑް 100" އެވޯޑްގެ ގޯލްޑް ފާރޓްނަރގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ގޯލްޑް 100ގެ ގޯލްޑް ޕާޓްނަރަކަށް ބީއެމްއެލް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކޮށްފައިވަނީ ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ބިޒްނަސް ކުލްދީޕް ޕަލިވާލްއެވެ. އޯރކާ މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރެވެ.

ބީއެމްއެލްއިން ބުނީ މިއީ ރާއްޖޭގެ ވިޔަފާރި އާއި މާލީ ދާއިރާ އާ ގުޅޭ ޚަބަރުތައް ގެނެސްދޭ "ކޯޕަރޭޓް މޯލްޑިވްސް" އާއެކު މި އެވޯޑް ދިނުމުގައި ބޭންކުން ޖެހިޖެހިގެން ބައިވެރިވާ 4 ވަނަ ފަހަރުކަމަށެވެ.

މި ސްޕޮންޝަރޝިޕާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ބިޒްނަސް ކުލްދީޕް ޕަލިވާލް ވިދާޅުވީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ވިޔަފާރިތަކަށް އަމާޒުކޮށް ދެވޭ ގޯލްޑް 100 އެވޯޑް ދިނުމުގައި ކޯޕަރޭޓް މޯލްޑިވްސް އާ އެކު މިއަހަރުވެސް ޕާރޓްނަރޝިޕެއް ގާއިމްކުރެވުމަކީ ބެންކަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ.

ގޯލްޑް 100 އެވޯޑް ލިބޭ ފަރާތްތަކަށް އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ މި ހިނގާ ފެބުރުވަރީ މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގޯލްޑް 100 ގަލާ އިވެންޓުގައެވެ.