ކުޅިވަރު

ޤައުމީ އަންހެން ފުޓްބޯޅަ ޓީމް ލަންކާއަށް


އިންޑިއަން
އޯޝަން އައިލެންޑް
ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމް ފަރިތަކުރުންތަކަށް ލަންކާއަށް ފުރައިފިއެވެ. 

ދިހަ ދުވަހުގެ
ފަރިތަކުރުންތަކަށް ލަންކާއަށް ފުރި
ޓީމްގައި ހިމެނެނީ
ވިހަ ކުޅުންތެރިންނެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ސެމީއަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ޤައުމީ ޓީމްގެ ޖަޕާން ކޯޗް ނައޯކޯ ކަވަމޯޓޯ ވަނީ ބުނެފައެވެ. 

ލަންކާއަށް ޓީމް
ކުރާ ދަތުރުގައި
ލަންކާގެ ޤައުމީ
ޓީމާއެކު ދެމެޗް
ކުޅެން ހަމަޖެހިފައިވާ
ކަމަށާއި، މީގެ
އިތުރުން ލަންކާއިން
ހޮވާލެވޭ ޓީމަކާ
އެކުވެސް މެޗެއް
ކުޅޭނެ ކަމަށް
އެފްއޭއެމްއިން މަޢުލޫމާތުދެއެވެ. 

އަންނަ
މަހު އެކެއްްގައި
ފަށާ އިންޑިއަން
އޯޝަން އަައިލެންޑް
ގޭމްސްގައި ރާއްޖޭ އަންހެން ފުޓްބޯޅަ ޓީމް  ލައްވާލީ
ގްރޫޕް އޭގައެވެ.
މިގްރޫޕްގައި ދެން ހިމެނެނީ މާޔޯޓޭ އަދި ޝީޝެލްސް އެވެ.