ޚަބަރު

މިނިވަން 50 ގެ ޝަރަފުގެ އައްޑަނަ ކުރީގެ ދެ ރައީސަކަށް


މިނިވަން ފަންސާހާއި ގުޅިގެން މިނިވަން ފަންސާހުގެ ޝަރަފްގެ އައްޑަނައެއް ކުރީގެ ދެ ރައީސުންނަށް އެރުއްވުމަށް ރައީސުލް ޖުމުހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމް ނިންމަވައިފިއެވެ.މި ޝަރަފްވެރިކަމުގެ އައްޑަނަ އެރުއްވުމަށް ނިންމަވާފައިވަނީ ކުރީގެ ރައީސް އަލްމަރުހޫމް އިބްރާހީމް ނާސިރާއި ، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބުުދުލް ޤައްޔޫމަށެވެ.ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖާމާނު، އިބްރާހީމް މުއާޒް އަލީ ވިދާޅުވީ މި އައްޑަނަ އެރުއްވުން އޮންނާނީ މި އަހަރުގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ޚާއްޞަ ދަރުބާރުގައި ކަމަށެވެ.