ޢަރަބިއަން ޕެނިންސުލާގައި ޙަރަކާތްތެރިވާ އަލްޤައިދާގެ އެންމެ އިސްވެރިޔާ މަރާލާފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމެރިކާއިން އޭނާ މަރާލީ ޓެރަރިޒަމާ ދެކޮޅަށް ޔަމަންގައި ހިންގި އަސްކަރީ ޙަރަކާތްތަކެއްގައިކަމަށެވެ. އަދި އަރަބިއަން ޕެނިންސުލާގައި ޙަރަކާތްތެރިވާ އަލްޤާއިދާގެ އެންމެ އިސްވެރިޔާ ޤާސިމް އައްރައިމީއަކީ ޔަމަންގެ ޢާންމުންނާ ދެކޮޅަށް ހަރުކަށި އަމަލުތައް ހިންގުމުގެ އިތުރުން އެމެރިކާއަށާއި އެމެރިކާގެ ބާރުތަކާ ދެކޮޅަށް ގިނަ ޙަމަލާތަކެއް ދިނުމަށް ޙަރަކާތްތެރިވެފައިވާ މީހެއްކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާއިން ދެކެއެވެ. ޤާސިމް އައްރައިމީ މަރުވެފައިވަނީ އެމެރިކާއިން ދިން ޑްރޯން ޙަމަލާއެއްގައެވެ. އެޙަމަލާގައި އައްރައިމީ މަރުވިކަމަށް އެމެރިކާ ބުނިނަމަވެސް މުސްތަޤިއްލު ފަރާތަކުން އެކަން ކަށަވަރުކޮށްދީފައިނުވާތީ އެއީ ތެދެއްކަން ސާބިތުވެފައެއް ނުވެއެވެ. އަދި އައްރައިމީ މަރާލިކަމަށް ޓްރަމްޕް ވިދާޅުވިނަމަވެސް އެކަންކުރި ވަގުތު ހާމަކުރައްވާފައެއް ނުވެއެވެ.
މިދިޔަ ޑިސެންބަރު މަހު ފްލޮރިޑާގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ އަސްކަރީ މަރުކަޒަކަށް ދިން ޙަމަލާގެ ޒިންމާ އުފުލާފައިވަނީ ޢަރަބިއަން ޕެނިންސުލާގައި ޙަރަކާތްތެރިވާ އަލްޤައިދާގެ ގޮފިން ކަމަށްވިޔަސް އެމެރިކާއިން އެކަން ގަބޫލުކޮށްފައެއް ނުވެއެވެ.
ޢަރަބިއަން ޕެނިންސުލާގައި ހަރަކާތްތެރިވާ އަލްޤައިދާގެ ގޮތްޕަކީ އުސާމާ ބިން ލާދިން އުފައްދާފައިވާ އަލްޤައިދާ ޖަމާޢަތުގެ އެންމެ ހަރުކަށި އަދި އެންމެ އަނިޔާވެރި ގޮފިކަމަށް