ވިޔަފާރި

އަތޮޅު ފިހާރަތަކެއް ކުއްޔަށް ދޭން އިއުލާންކޮށްފި


މާލޭގައި ހުރި ގިނަ އަދަދެއްގެ އަތޮޅު ފިހާރަތަކެއް ކުއްޔަށް ދޭން އަނެއްކާވެސް މިނިސްޓްރީ އޮފް ފިނޭންސްއިން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ހިންގަމުންދާ އަތޮޅު ފިހާރަތަކުގެ ތެރެއިން އަލުން ކުއްޔަށް ދިނުމަށް އިއުލާންކޮށްފައިވަނީ ކުލީގެ މުއްދަތު ހަމަވާން ކައިރިވެރިވެފައިވާ ފިހާރަތަކަށެވެ. މިގޮތުން އަލުން ކުއްޔަށް ދިނުމަށް ނިންމާފައިވަނީ

* ބޯޅަދަނޑު 13 ނަމްބަރު ފިހާރަ
* އަތޮޅު ފިހާރަ އިތުމަތީ ބައި
* ތ. އަތޮޅު ފިހާރަ ހުޅަނގުބައި
* ވ. އަތޮޅު ފިހާރަ ހުޅަނގު ބައި
* ލ. އަތޮޅު ފިހާރަ އިތުމަތީބައި
* ޏ. އަތޮޅު ފިހާރަ މަތީގައި

މި ފިހާރަތައް ކުއްޔަށް ދޫކުރަން ބިޑް ފޮތްތައް ވިއްކާނީ މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށްކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މިފޯމްތައް ވިއްކުމަށް ހަމަޖެހިފައިވަނީ 12 ރުފިޔާއަށެވެ.

ސަރުކާރުން ވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު، އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ދޭން ވެސް ނިންމާފައެވެ.