ވިޔަފާރި

މިފްކޯއިން ޢީދަށް މަހުގެ ޚާއްސަ ބާވަތްތަކެއް ބާޒާރަށް ނެރެފި


ފިޠުރު ޢީދާއި ދިމާކޮށް މިފްކޯ މަސްފިހާރައިން، ގަނޑުކުރި މަހުގެ ޚާއްސަ ޕްރޮޑަކްޓްތަކެއް މިއަދު ބާޒާރަށް ނެރެފިއެވެ. ޢީދަށް ޚާއްސަކޮށްގެން މިފްކޯއިން އަލަށް ބާޒާރަށް ނެރުނު ޕްރޮޑަކްޓްތަކުގެ ތެރޭގައި ގަނޑުކުރި ބަކަރިމަސް، ގަނޑުކުރި ދިވެހި ކުކުޅު، އަދި ގަނޑުކުރި އަސްދޫނިމަހުގެ އިތުރުން ގަނޑުކުރި ކުދި ކުކުޅު ހިމެނެއެވެ.ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން މިފްކޯގެ މާކެޓިންގ އެގްޒެކެޓިވް މިފްރާހް ނަސީމް ވިދާޅުވީ، ފިޠުރު ޢީދާ ދިމާކޮށް މިފަދަ ޕްރޮޑަކްޓުތަކެއް ބާޒާރަށް ނެރުމަށް އެކުންފުނިން ނިންމީ، ޢީދު ދުވަހަކީ ދިވެހިން ގިނަ އަދަދަކަށް މަހުގެ ބާވަތްތައް ކެއުމުގައި ބޭނުންކުރާ ދުވަހަކަށްވެފައި، ބާޒާރުގައި ކުކުޅަށާއި، ބަކަރި މަސްފަދަ ޕްރޮޑަކްޓްތަކަށް ޑިމާންޑު ބޮޑުވުމުގެ ސަބަބުން އެތަކެތި ވިހާވެސް ފަސޭހަކަމާއެކު އާއްމުންނަށް ގަންނަން ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ ގޮތުންކަމަށެވެ. އަދި މިއަދު ބާޒާރަށް ނެރުނު މި ޕްރޮޑަކްޓުތަކަކީ ސީދާ ފެލިވަރުން ތާޒާކަމާއެކު ޕެކްކޮށްގެން ބާޒާރަށް ނެރެފައިވާ ޕްރޮޑަކްޓުތަކެއް ކަމަށާއި، މިތަކެތި ބަންދުކޮށްފައިވަނީ ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށް ކަމަށް މިފްރާޙް ވިދާޅުވިއެވެ. ގަނޑުކުރި މަހުގެ މި ބާވަތްތައް މިއަދާއި މާދަމާ، މިފްކޯގެ މަސްފިހާރައިން ލިބެން ހުންނާނެކަމަށް އެ ކުންފުނިން މައުލޫތުދެއްވައެވެ.