ވިޔަފާރި

"ގޯލްޑް 100 ގާލާ"ގެ ގޯލްޑް ޕާޓްނަރަކަށް އެމްޓީސީސީ


މިއަހަރުގެ ގޯލްޑް 100 ގާލާގެ ގޯލްޑް ޕާޓްނަރަކަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީ ހަމަޖައްސައިފިއެވެ.

މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ޝިފާއު އަލީއެވެ. އޯރކާ މީޑިއާގެ ފަރާތުން ސޮއެކުރެއްވީ ކުންފުނީގެ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރެވެ.

އޯރކާ މީޑިއާގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވާ ގޯލްޑް 100 އެވޯޑަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ފާހަގަކުރުމަށްޓަކައި 2017 ވަނަ އަހަރުން ފެށިގެން ބާއްވާ އެވޯޑެކެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ވިޔަފާރިތައް ހޮވުމަށްޓަކައި ހުށަހެޅޭ ކުންފުނިތަކުގެ މަޢުލޫމާތު އިވެލުއޭޓްކުރުމަށް މިނިވަން ކޮންސަލްޓަންސީ ފާމެއް ކަނޑައަޅާފައިވާކަމަށް އޯރކާ މީޑިއާއިން ބުނެއެވެ. 2019 ވަނަ އަހަރުގެ ގޯލްޑް 100 އަށް ހޮވޭ ކުންފުނިތަށް ހޮވުން އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު ދަރުބާރުގޭގައެވެ.

ކޯޕަރޭޓް މޯލްޑިވްސްއިން މިހާރު ވަނީ "ނެކްސްޓް 100" އެވޯޑްވެސް ލޯންޗްކޮށްފައެވެ. ގޯލްޑް 100 އެވޯޑާއި ޙިލާފަށް ނެކްސްޓް 100 އެވޯޑަކީ ރާއްޖޭގައި ހިންގާ ކުދި ވިޔަފާރިއާއި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކޯޕަރޭޓް މޯލްޑިވްސްއިން ތަޢާރަފްކުރި އެވޯޑެކެވެ.