އިންޑިޔާއަށް ދިވެހިރާއްޖެއިން ކަނަޑައަޅާފައި ހުންނަވާ ސަފީރުގެ ގޮތުގައި އިންނެވި ޢާއިޝަތު މުޙައްމަދުދީދީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމަށް ޢައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
ޖެންޑާ މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޝިދާތާ ޝަރީފް މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެކަމަނާ ކުރެއްވި ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ޖެންޑާ މިނިސްޓަރުގެ މަޤާމަށް ރައްޖެއިން އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އައިޝަތު މުހައްމަދު ދީދީ އައްޔަންކުރައްވަން ނިންމެވިކަން ރައީސުލް ޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.
ޢާއިޝަތު މުޙައްމަދު ދީދީ އިންޑިޔާގެ ސަފީރުކަމަށް ކަނޑައަޅާފައިވަނީ 2018ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16ވަނަ ދުވަހުއެވެ.
ޖެންޑަރ މިނިސްޓަރުގެ މަޤާމުން ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވާފައިވާއިރު، އޭނާއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޢަދާލު ޕާޓީގެ ސްލޮޓްގައި މަޤާމުފުރުއްވާފައިވާ މިނިސްޓަރެކެވެ. ޝިދާތާ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން އޭނާ މަޤާމުން ވަކިކުރެއްވުމަށް ނިންމަވާފައިވަނިކޮށެވެ.
ޝިދާތާ މަޤާމުން އިސްތިއުފާ ދެއްވާފައިމިވަނީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ އެތައް މައްސަލަތަކަކާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޝާމިލުވާ އަޙުމަދު ހިޝާނަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ.