ޚަބަރު

އާ ޤާނޫނުލްއުޤޫބާތަށް ޢަމަލުކުރަން ފަށައިފި


ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެގޮތަށް އެކުލަވާލާފައިވާ އާ ޤާނޫނުލްޢުޤޫބާތަށް ރޭ ޢަމަލުކުރަންފަށައިފިއެވެ.މިހާރުގެ ޤާނޫނުލްޢުޤޫބާތަށް އަމަލުކުރާތާ 49 އަހަރަށް ފަހު، ރޭ ބާރައިން ފެށިގެން އަމަލުކުރަންފެށި އާ ގާނޫނުލްޢުޤޫބާތުގައި ކުށްތައް ދަރަޖަކޮށްފައި ވާއިރު، ދައުވާ ކުރަން މުއްދަތެއްވެސް އާ ގާނޫނުލްއުޤޫބާތުގައި ކަނޑައަޅާފައިވެއެވެ. ނަމަވެސް ކުރިން އޮންނަ އުސޫލުން ބޭނުން އިރެއްގައި ދަޢުވާ ކުރެވިދާނެއެވެ.ބަންޑާރަ ނައިބު މުޙައްމަދު އަނިލް ވިދާޅުވެފައިވަނީ، އަލަށް ޢަމަލުކުރަން މިފެށި ޤާނޫނުލް ޢުޤޫބާތަކީ ރާއްޖޭގެ ވެއްޓަށް އަމާންކަން ގެނެސްދޭނެ، އަދި ކުށްކުރާ ޒުވާނުން ހެޔޮމަގަށް އަޅުވައި، އެފަރާތްތައް ކުށުގެ ވެށިން ދުރުވުމަށް އެހީތެރިވެދޭ ޖިނާޢީ އިޖްރާތުގެ ޤާނޫނެއްކަމަށެވެ.ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ، އަލަށް އަމަލްކުރަން ފެށި ޤާނޫނުލް އުގޫބާތަކީ، މުޅި ދުނިޔޭގައިވެސް އިސްލާމީ ޝަރީއަތާއި އެއްގޮތަށް ފުރަތަމަ ފަހަރަށް އެކުލަވާލާފައިވާ ޖިނާޢީ އިޖުރާތުގެ ޤާނޫނުކަމަށެވެ.އާޤާނޫނުލްއުޤޫބާތުގައި 1204 މާއްދާ ހިމެނެއެވެ. ސަރުކާރުން ވަނީ އާ ޤާނޫނުލްއުޤޫބާތަށް ރައްޔިތުންނާއި ޤާނޫނު ތަންފީޒުކުރާ މުޢައްސަސާތަށް ހޭލުންތެރިކުރުވުމަށް ގިނަ ޕްރޮގްރާމްތަކެއްވެސް ކުރިއަށްގެންގޮސްފައެވެ.