ވިޔަފާރި

މާލީ އިދާރާތަކުން ދައްކަންޖެހޭ ބައެއް ފީތަކަށް ބަދަލުގެނެސްފި


މާލީ އިދާރާތަކުން ދައްކަންޖެހޭ ބައެއް ފީތަކަށް ބަދަލު ގެނެސްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ބަދަލު ގެނެސްފައިވަނީ މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތަކާއި ބެހޭ ޤަވާއިދުގެ ފުރަތަމަ ޖަދުވަލުގައި ހިމެނޭ 4 ފީއަކަށެވެ. އެގޮތުން ލީސިންގ ވިޔަފާރިއާއި ހައުސިންގ ފައިނޭންސްކުރުމުގެ ވިޔަފާރި ހިމެނޭގޮތަށް، ކޮންސިއުމަރ ފައިނޭންސް ވިޔަފާރިކުރުމުގެ ލައިސެންސަށް ނަގާ ފީވަނީ 30000 ރުފިޔާއިން 50000 ރުފިޔާއަށް ބޮޑުކޮށްފައެވެ.

ކޮމްޕަލްސަރީ އިންޝުއަރެންސް އޭޖެންޓުން ފިޔަވައި އެހެން އިންޝުއަރެންސް އޭޖެންޓުންގެ ލައިސަންސްއަށް ނަގާ ފީ 10،000 ރުފިޔާ 500 ރުފިޔާއަށް ކުޑަކޮށްފައިވާއިރު ކޮމްޕަލްސަރީ އިންޝުއަރެންސް އޭޖެންޓުންގެ ލައިސަންސް ވަނީ 1000 ރުފިޔާއިން 200 ރުފިޔާއަށް ކުޑަކޮށްފައެވެ. އަދި ރެމިޓެންސް ވިޔަފާރިކުރުމުގެ ލައިސަންސްއަށް ނަގާ ފީ ވަނީ 5000 ރުފިޔާއިން 30،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މި ފީތަކުގެ އިތުރުން މި ޤަވާއިދުގެ ޖަދުވަލު 2 ގައި ހިމެނޭ ކޮމްޕަލްސަރީ އިންޝުއަރެންސް އޭޖެންޓުން އަތުން ނަގާ 500 ރުފިޔާ ވަނީ ޤަވައިދުން އުނިކޮށްފައެވެ.

މާލީ އިދާރާތަކުން ދައްކަންޖެހޭ ބައެއް ފީތަކަށް އެމްއެމްއޭއިން ބަދަލު ގެނެސްފާއިރު މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން އިސްލާޙުކުރެވިފައިވާ ޤަވާއިދަށް ދަނީ ޢަމަލުކުރަމުންނެވެ.