ޚަބަރު

ހަމަލާގެ ޒިންމާ އުފުލާކަމަށް ބުނާ ވީޑިއޯގެ ސައްޚަކަން ބަލަނީ


ރޭ ހުޅުމާލޭގައި ބިދޭސީ ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމުގެ ޒިންމާ އުފުލާކަމަށް ބުނެ ދައުރުކުރަމުންދާ ވީޑިއޯއަކީ ސައްޙައެއްޗެއްތޯ ބަލަމުންދާކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ސޯޝަލްމީޑިއާގައި މިހާރު ދައުރުކުރަމުންދާ އެވީޑިއޯގެ މައްސަލަ ބަލަމުންގެންދާ ކަމަށެވެ. އޭގެ އިތުރުން، ރޭ ބިދޭސީންތަކަކަށް ތޫނުއެއްޗަކުން ހަމަލާދިން މައްސަލަވެސް ތަހުޤީޤު ކުރަމުންދާ ކަމުގައި ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ޓުވީޓް --

ރޭ ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ ޗައިނާގެ ފަތުރުވެރިއަކާއި، ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ދެ ބިދޭސީންނެވެ.

ހުޅުމާލޭގައި ރޭ ފަތުރުވެރިޔަކާއި އިތުރު ދެބިދޭސީއަކަށް ހަމަލާދީފައި ވަނީ ހެލްމެޓު އަޅައިގެން ތިބި ބައެއް ކަމުގައިވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މިމައްސަލަތަކުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރިކަން ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.