ވިޔަފާރި

ލަފާޖާއި، ހޮލްސިމް ކުންފުނި އެއްކޮށްލިކަން އިއުލާން ކޮށްފި


ރާއްޖޭގެ ބާޒާރުގައި ސިމެންތި ވިއްކަމުން ގެންދާ ލަފާޖު ކުންފުނި، ފްރާންސުގެ ހޮލިސިމް ކުންފުންޏާ އެއްކޮށްލައިފިއެވެ.ކުރިން ވަކި ދެ ކުންފުނީގެ ގޮތުގައި ހިންގަމުން ގެންދިޔަ ލަފާޖާއި ހޮލްސިމް "މާރޖް" ކޮށްލާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. ސުވިޒަލޭންޑަށް ނިސްބަތްވާ ލަފާޖު ކުންފުންޏާއި ފްރާންސުގެ ހޮލްސިމް ކުންފުނި އެއްކޮށްލުން މުޅި ދުނިޔޭގައި ވަނީ އިއުލާނުކޮށްފައެވެ."ލަފާޖު-ހޮލްސިމް" އެއްކޮށްލިކަން އިއުލާނު ކުރަން ރާއްޖޭގައިވެސް ރޭ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަވެއެވެ.އެސްޓީއޯގެ 25 ޕަސެންޓް ހިއްސާވާ ލަފާޖު މޯލްޑިވްސްއިން އިންތިޒާމުކޮށްގެން "ހޮޓެލް" ޖެންގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ލަފާޖު މޯލްޑިވްސް މެނޭޖިން ޑިރެކްޓަރު މުހައްމަދު މަމްދޫހު ވިދާޅުވީ މިބަދަލުގެ ސަބަބުން "ހެޔޮ ބަދަލުތަކެއް" އަންނާނެކަމަށެވެ. މި ބަދަލާއެކު "ރެޑީމިކްސް" ސިމެންތި ރާއްޖޭގެ ބާޒާރުން ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަމްދޫހު ވިދާޅުވީ މިބަދަލުގެ ސަބަބުން ސިމެންތީގެ އަގަށް އަންނަ ބަދަލުތައް ފެންނަން ދެތިންމަސް ނަގާނެ ކަމަށެވެ."ލަފާޖު - ހޮލްސިމް" ކުންފުނި އެއްކޮށްލުމާއެކު އެކުންފުނީގެ ރައުސުލްމާލުގެ އަދަދު ވަނީ 32 ބިލިއަން ސުވިސް ފްރޭންކަށް ވުރެ މަތިވެފައެވެ.