ހުޅުމާލޭގައި މިރޭ ހިންގި މާރާމާރީގައި ޒަޚަމްވި ތިން މީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ހާމަކޮށްފިއެވެ. މިތިން މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ހުޅުމާލޭ ރެޑްބުލް ދަނޑު ކައިރީގައި ހިންގި މިމާރާމާރީގައި އަނިޔާ ވެފައިވަނީ ޗައިނާގެ ފަތުރުވެރި އަކަށާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ ދެ ފިރިހެނަކަށެވެ. ފުލުހުންނަށް މިހާތަނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިމީހުންނަށް ޙަމަލާދީފައިވަނީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެ މީހެކެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.