ޚަބަރު

އާ ޤާނޫނުލް ޢުޤޫބާތަށް މިރޭ ބާރައިން ފެށިގެން ޢަމަލުކުރަންފަށަނީ


ރާއްޖޭގެ ޖިނާޢީ އަދުލުގެ
ނިޒާމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން އެކުލަވާލާފައިވާ އާ ޤާނޫނުލް ޢުޤޫބާތަށް
މިރޭ ބާރައިން ފެށިގެން ޢަމަލުކުރަންފަށާނެއެވެ.

މިހާރުގެ ޤާނޫނުލް ޢުޤޫބާތަށް
އަމަލުކުރާތާ ސާޅީސް ނުވަ އަހަރަށް ފަހު، މިރޭ ބާރައިން ފެށިގެން އަމަލުކުރާ އާ
ގާނޫނުލް ޢުޤޫބާތުގައި ކުށްތައް ދަރަޖަކޮށްފައި ވެއެވެ. އަދި ދައުވާ
ކުރަން މުއްދަތެއް ވެސް އާ ގާނޫނުލް އުޤޫބާތުގައި ކަނޑައަޅާފައިވެއެވެ. ނަމަވެސް
މިހާރު އޮންނަ އުސޫލުން ބޭނުން އިރެއްގައި ދަޢުވާ ކުރެވިދާނެވެ. ބަންޑާރަ ނައިބު އަލްއުސްތާޛް މުޙައްމަދު އަނިލް ވިދާޅުވެފައިވަނީ،
އަލަށް ޢަމަލުކުރަން ފަށާ ޤާނޫނުލް ޢުޤޫބާތަކީ ރާއްޖޭގެ ވެއްޓަށް އަމާންކަން
ގެނެސްދޭނެ، އަދި ކުށްކުރާ ޒުވާނުން ހެޔޮމަގަށްއަޅުވައި، އެފަރާތްތައް ކުށުގެ
ވެށިން ދުރުވުމަށް އެހީތެރިވެދޭ ޖިނާޢީ އިޖްރާތުގެ ޤާނޫނެއްކަމަށެވެ. ކުރީގެ ޑެޕިއުޓީ
ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ، އަލަށް އަމަލްކުރަން ފަށާ
ޤާނޫނުލް އުގޫބާތަކީ، މުޅި ދުނިޔޭގައިވެސް އިސްލާމީ ޝަރީއަތާއި އެއްގޮތަށް
ފުރަތަމަ ފަހަރަށް އެކުލަވާލާފައިވާ ޖިނާޢީ އިޖުރާތުގެ ޤާނޫނުކަމަށެވެ.އާޤާނޫނުލްއުޤޫބާތުގައި އެއްހާސް ދުއިސައްތަ
ހަތަރު މާއްދާ ހިމެނެއެވެ. ސަރުކާރުން ވަނީ އާ ޤާނޫނުލް އުގޫބާތަށް ރައްޔިތުންނާއި ޤާނޫން
ތަންފީޒްކުރާ މުއައްސަސާތައް ހޭލުންތެރިކުރުވުމަށް ގިނަ ޕްރޮގްރާމްތަކެއް
ކުރިއަށްގެންގޮސްފައެވެ.