ޗައިނާގެ މެއިންލޭންޑުން އަންނަ އެއްވެސް މީހަކަށް ދެން ރާއްޖެ އެތެރެ ނުވެވޭނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުމުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ޗައިނާގައި ޓްރާންސިޓްކޮށްފައި އަންނަ މީހަަކަށްވެސް ރާއްޖެ އެތެރެ ނުވެވޭނެ ކަމަށެވެ.
މިގޮތަށް އަމަލުކުރަން ފަށާނީ މިރޭގެ މެންދަމު 12:00ން ފެށިގެން ކަމުގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މިނިންމެވުން ނިންމަވާފައި ވަނީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިވެހިރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
"ނޮވެލް ކޮރޯނާ ވައިރަސް" އިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އެކުލަވާލި ޓާސްކްފޯސްގެ މެންބަރުންނާއިވެސް ރައީސުލްޖުމުހޫރިއްޔާ މިއަދު ވަނީ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައެވެ.
ކޮރޯނާ ވައިރަހާއި ގުޅިގެން ޗައިނާ އާއި ރާއްޖެ އާއި ދެމެދު ކުރާ ސީދާ ދަތުރުތައްވެސް ސަރުކާރުން މިދިޔަ ހަފްތާގައި ވަނީ މެދުކަނޑާލާފައެވެ.
މިހާރު ޗައިނާގެ ހުރިހާ ސަރަހައްދަކަށް ކޮރޯނާ ވައިރަސް ފެތުރިފައި ވާއިރު، ކޮރޯނާ ވައިރަހުގެ އިތުރުން އެޤައުމުގައި ދޫނިރޯގާވެސް މިހާރު ވަނީ ފެތުރެން ފަށާފައެވެ.
އަދި ދުނިޔޭގެ އެހެންޤައުމުތަކުންވެސް މިހާރު ވަނީ ޗައިނާއިން އަންނަ މީހުން އެތެރެވުން މުޅިން މަނާކޮށްފައެވެ.