ޚަބަރު

އެޗްއާރުސީއެމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


ހިއުމަން ރައިޓްސް ކޮމިޝަންގެ 2 މެމްބަރެއްގެ މަޤާމްގެ މުއްދަތު ހަމަވާތީ އެ ދެ މެމްބަރުކަމަށް ކުރިމަތި ލުމުގެ ފުރުޞަތު ރައީސް އޮފީހުން ހުޅުއްވާލައްވައިފިއެވެ.އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތުހުޅުވާލީ، އެކޮމިޝަންގައިމިހާރުތިއްބެވި ޑރ. އަލީޝަމީމްއާއި އަހުމަދުއަބްދުލްކަރީމްގެ ދައުރު އަންނަސެޕްޓެމްބަރުމަހުގެ 13ވަނަ ދުވަހު ހަމަވާތީއެވެ.މި މަޤާމަށް އެދުމުގެ ފުރުޞަތު ޖުލައި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އިތުރު 3 މެމްބަރެއްގެ މަޤާމްގެ މުއްދަތު އަންނަ މަހުގެ 17 ވަނަ ދުވަހު ހަމަވާތީ އެމަޤާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި 3 ބޭފުޅުންނަށް ރުހުންދޭން ފެންނަކަމަށް މިނިވަން މުއައްސަސާތަކައި ބެހޭ ކޮމިޓީންމިހާރު ވަނީ ފާސްކޮށްފައެވެ.އެޗްއާރުސީއެމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވި 3 ބޭފުޅުންނަކީ، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރުޝިފާޤު މުފީދާއި، ހ. ހަބަރުގެ، އާމިނަތު އީނާސް އާއި މ. ކޮރަލްގާރޑްންސް، ޢާއިޝަތު އަފްރީން މުޙައްމަދުގެ ނަންފުޅެވެ.ހިއުމަން ރައިޓްސް ކޮމިޝަންގައި ތިއްބަވަނީ 5 މެމްބަރުންނެވެ.