ޚަބަރު

ވޫހާންގައި ތިބި ދިވެހިންގެތެރެއިން ރާއްޖެ އަންނަން ބޭނުންނުވަނީ 2 މީހުން


ޗައިނާގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ކައިރި ޤައުމުތަކާއި ގުޅިގެން މަސައްކަތްކުރަމުންދާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ފޮރިންއެފެއާޒް ޢަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހި ދަރިވަރުން ގެންނެސް ކަރަންޓީނުކުރުމަށް ބައިތިއްބަނީ ރާއްޖޭގައި ނޫންކަމަށެއެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ރައިސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ވޫހާން ސިޓީގައި ތިބި 9 ދިވެހިންގެ ތެރެއިން ރާއްޖެއައުމަށް ބޭނުންވަނީ 7 ދިވެހިންކަމަށާއި ކަރިއި ޤައުމެއްގެ އެހީގައި އެމީހުން ނެރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ވޫހާންގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަނީ ސީދާ ކޮން ޤައުމަކާއި ގުޅިގެންކަން ސަރުކާރުން ހާމަކުރައްވަފައިނުވާއިރު ވޫހާއިން ގެންނަ ދިވެހިން ގެންދަނީ އެންމެ ފުރަތަމަ އެޤައުމަކަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި އެޤައުމުގައި ކޮރޯނާއިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް ދިވެހިންގެވެސް ސްކްރީނިންގ އެޤައުމުގައި ހެދުމަށްފަހު ރާއްޖެގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފޮރިންގ މިނިސްޓަރ ޝަހިދު ވިދާޅުވީ ޗައިނާގައި ތިބިކަމަށް އެމްބަސީގައި ރަޖިސްޓަރކޮށްފައިވާ 96 ދިވެހިންގެ ތެރެއިން ރާއްޖެއައުމަށް ސަރުކާރުން ދިން ފުރުސަތުގައި ރާއްޖެއައުމަށް ބޭނުންވާކަން ހާމަކޮށް ރަޖިސްޓްރީކޮށްފައިވަނީ 2 މީހެއްކަމަށެވެ.
ޗައިނާގައި ތިބި ހުރިހާ ދިވެހިންގެ ޙާލުވެސް ރަނގަޅުކަމަށާއި ވޫހާން ސިޓީގައި ތިބި ދިވެހިންގެ ޙާލުވެސް ރަނގަޅުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އެސިޓީ ޗައިނާ ސަރުކާރުން ބަންދުކޮށްފައިވާއިރު އެސިޓީގެ ޙާލަތު ރަނގަޅު ނޫންކަމަށެވެ. ކަބޯތަކެތީގެ އަގުބޮޑުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ފައިނޭންޝިއަލް އެއިޑްގެ ދަށުން ކޮންމެ ދިވެއްސަކަށް 50 ޑޮލަރު މަގުން ފައިސާގެ އެހީ ފޯރުކޮށް ދީފައިވާކަމަށެވެ.