ސިޔާސީ

އޯ.އެޗް.ސީ.އެޗް.އާރް ގެ ޓީމެއް ރާއްޖޭގައި


އދ
ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކޮމިޝަންގެ، ޗީފް އޮފް ރޫލް އޮފް ލޯ ޑިވިޝަން މޯނާ
ރިޝްވަމީ، ފޮރިން ސެކެޓްރީ ޑޮކްޓަރ އަލީ ނަސީރާއި ބައްދަލުކުރައްވައިފިއެވެ.



މިއަދު
ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޑޮކްޓަރ ނަސީރު
ވަނީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާއި، ޤާނޫނު އަސާސީ ނަގަހައްޓާ ދެމެހެއްޓުމަށް ސަރުކަރުން
ކުރަމުންދާ މަސައްކަތާއި ބެހޭ ތަފްޞީލް ދެއްވާފައެވެ.



މީގެ
އިތުރުން މިހާރު ރާއްޖޭގެ އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަން ފިލުވުމަށްޓަކައި
އިދިކޮޅު ސިޔާސީ ޕާޓީ ތަކާއި ސަރުކާރާއެކު ކުރަމުންދާ މަޝްވަރާތަކުގެ ތަފްޞީލްވެސް ވަނީ ދެއްވާފައެވެ.





މިހާރު
ރާއްޖެއަށް ވަޑައިގެން އުޅުއްވާ އދ ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކޮމިޝަންގެ ޓީމުން،  ތޭރަ އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާ، އަދި މިހާރު ގޭބަންދަށް
ދޫކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލުކުރެއްވުމަށްވެސް ވަނީ
ހަމަޖެހިފައެވެ. މި ޓީމްގެ ބޭފުޅުންނާއި ރައީސް ނަޝީދާއި ބައްދަލުކޮށްދެއްވުމުގެ
މަގު ސަރުކާރުން ފަހި ކޮށްދެއްވާނެކަން ފޮރިން މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.