ޚަބަރު

ހަށިވިއްކި މައްސަލައާއި ގުޅުންހުރި އިތުރު 3 މީހަކު ހައްޔަރުކޮށްފި


ފުވައްމުލަކުން ފުޅާދާއިރާއެއްގައި ފައިސާއަށް ހަށިވިއްކުވައި، ބްލެކްމެއިލް ކުރަމުންދިޔަ މައްސަލައާއި ގުޅިގެން މިހާތަނަށް 16 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި 14 ފިރިހެނަކާއި އަންހެނެއްގެ އިތުރުން ކުޑަކުއްޖަކު ހިމެނޭކަމުގައި ފުލުހުން ބުނެފައިވެއެވެ. މިމައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި ފުވައްމުލަކަށް ނިސްބަތްވާ މީހުންގެ އިތުރުން އެހެން ބައެއް ރަށްރަށުގެ މީހުން ވެސް ހިމެނޭކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އެއީ ކޮން ރަށްރަށެއްގެ ބައެއްކަން ފުލުހުން އަދި ހާމަކޮށްފައެއްނުވެއެވެ. މިމައްސަލައާއި ގުޅިގެން ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓްގެ ޙާއްސަ ތަހުގީގް ޓީމަކާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަން ގުޅިގެން މި މައްސަލަ ތަހްގީގުކުރުމަށް އެރަށުގައި ހަރަކާތްތެރިވަމުންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.