ޚަބަރު

ކޮރޯނާއަށް ފަރުވާދިނުމަށް ހާއްސަ އައިސީޔޫއެއް


ޗައިނާގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް އާއި ގުޅިގެން ހެދި ރިސްކް އެސެމްމަންޓްގެ ނަތީޖާ ދައްކަގޮތުން ރާއްޖެއަށް މި ބަލީގެ "އައުޓްބްރޭކް"އެއް ފެނުމުގެ ފުރުސަތާއި އޭގެ ނުރައްކާތެރިކަން ވަރަށްބޮޑުކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖެއިން މިހާތަނަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހާމަކުރައްވަމަން ހެލްތް މިނިސްޓްރީން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމުކޮށްފައިވާކަމަށެވެ. އަދި ހުޅުމާލޭގައި ބާރަ އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމުކޮށްފައިވާކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

އަދި މިބަލީގެ ސަބަބުން ޙާލަތު ސީރިއަސްވާ ބަލިމީހުންނަށް ފަރުވާ ދިނުމަށްޓަކައި ޙާއްސަ 4 އެނދުގެ އައި.ސީ.ޔޫ ފެސިލިޓީއެއް ދަރުމަވަންތަ ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާފައި ޤާއިމްކޮށްފައިވާކަމަށްވެސް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

މި ބައްޔަށް ޝައްކުކުރެވޭ މީހުން ޓްރާންސްފަރ ކުރުމަށްޓަކައި އަޖީއެމްއެޗާއި ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓާއި ހުޅުމާލޭގައި 3 އެމްބިއުލެންސެއް ޚާއްސަ ކޮށްފައިވާކަމަށާ، ކޮރޯނާ ވައިރަސްއާ ގުޅޭ ކްލިނިކަލް ގައިޑްލައިންސް ހިމެނޭ ގޮތަށް ސްޓޭންޑަރޑް އޮޕަރރޭޓިންގ ޕްރޮސީޖާރސްތައް ތައްޔާރުކޮށްފައިވާކަމަށްވެސް އެ މިނިސްތްރީން ވިދާޅުވެއެވެ.