ޚަބަރު

ހދ. ހަނިމާދޫގައި މެޑިކަލް ކޭމްޕެއް ބާއްވަނީ


އިމްސް ޑައިގްނޯސްޓިކް ކެއަރ ފަރާތުން ހދ. ހަނިމާދޫގައި މެޑިކަލް ކޭމްޕެއް ބާއްވަން ހަމަޖެހިއްޖެ އެވެ. މި ކޭމްޕަކީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ކޭމްޕެކެވެ.

އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކާއި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކާއެކު އެރަށުގައި ކުރިއަށްދާ މެޑިކަލް ކޭމްޕް މި މަހު 31 ން އަންނަ މަހުގެ 2 ވަނަ ދުވަހަށް ކުރިއަށްދާނެއެވެ. މިކޭމްޕްގައި ޑޮކްޓަރަށް ހިލޭ ދެއްކޭނެ އިންތިޒާމް ހަމަޖެހިފައި ވެއެވެ.

މި ކޭމްޕްގެ ތެރެއިން 31 ޖަނުއަރީގައި އަންހެނުންގެ ޚާއްޞަ ޑޮކްޓަރާއި، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަށް ދެއްކޭނެއެވެ. އަދި މައުލޫމާތު ސެޝަންއެއް ހަނިމާދޫ އިޖުތިމާއީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އެޕޮއިންޓްމެންޓް ހަދައިދެމުން ދާކަމަށާއި ޑޮކްޓަރަށް ދެއްކުން ކުރިއަށް ދާނީ 09:00 ން 17:00 އަށް ހަނިމާދޫ ހެލްތް ސެންޓަގައިކަމަށް މައުލޫމާތު ލިބެއެވެ.