ދީން

މިފަހަރުވެސް ފިތުރު ޢީދު ނަމާދު މާފަންނު ސްޓޭޑިއަމްގައި ކުރަނީ


މިއަހަރުގެ ފިތުރު ޢީދު
ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގައި
ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ޕަބްލިކް
ސަރވިސް މީޑިޔާ، ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ
ޕާރމަނަންޓް ސެކެޓްރީ މުޙައްމަދު ދީދީ ވިދާޅުވީ، މޫސުން ތަންދޭނަމަ ފިތުރު ޢީދު
ނަމާދު މާފަންނު ސްޓޭޑިއަމްގައި ކުރާ ގޮތަށް މިނިސްޓްރީން ނިންމަވާފައިވާ ކަމަށާއި އަދި އެކަމާގުޅޭ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކަމާބެހޭ އިދާރާތަކާއި މަޝްވަރާކޮށްފައިވާ
ކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު
ޢީދު ދުވަހަކީ އަންނަ ހުކުރު ދުވަހުއެވެ. ޢީދު ނަމާދު ސްޓޭޑިއަމްގައި ކުރިނަމަވެސް
މާލޭގެ އެހެން މިސްކިތްތަކުގައިވެސް ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވެއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޮޑު
ޖަމާއަތުގައި ޢީދު ނަމާދުކޮށްފައިވަނީ ދެހާސްބާރަ ވަނަ އަހަރެވެ.  މިދިޔަ
އަހަރުވެސް ޢީދު ނަމާދު ކުރުމަށް ސްޓޭޑިއަމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ
ޖަމާވެފައިވެއެވެ.