ޚަބަރު

ކުޑަ ފިރިހެންކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއްގައި 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި


އުތުރުރުގެ ރަށެއްގައި 11 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ 11 އަހަރުގެ ފިރިހެން ކުއްޖަކާމެދު ޖިންސީ ގޯނާކޮށްފައިވާކަމުގެ މައްސަލަ ހުށައަޅާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުގައިކަމަށެވެ. މިމައްސަލައާ ގުޅިގެން 60 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވަނީ މިއަދު 12:00ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ފުލުހުން ތަޙްޤީގުކުރަމުންދާކަމަށް ފުލުހުން ހާމަކުރެއެވެ.

ދެކުނުގެ ރަށެއްގައި ދެއަހަރުނުވާ ތުއްތު އަންހެންކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައެއް ފެންމަތިވެ އެމައްސަލައިގެ ތުހުމަތުގައި އެކުއްޖާގެ މުނިކާފައާއި ކާފަ ހައްޔަރު ކުރުމާއެކު، ރާއްޖޭގެ އެކި އިސާބުތަކުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކާއި ރޭޕްގެ މައްސަލަތައް ފެންމަތިވެ ފުލުހުންނަށް ދަނީ ހުށަހެޅެމުންނެވެ.