ޚަބަރު

ރާއްޖޭގައި މިދިޔަ އަހަރު ވަރީގެ ޢަދަދުވީ އިތުރު


ރާއްޖޭގައި މިދިޔަ އަހަރު ކުރި ވަރީގެ ޢަދަދު އޭގެ ކުރީއަހަރާ އަޅާ ބަލާއިރު އިތުރުވެއްޖެއެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 5117ވަރި ކޮށްފައިވެއެވެ. އެހެން ނަމަވެސް 2018ވަނަ އަހަރު ރާއްޖޭގައި ކޮށްފައިވަނީ 3166 ވަރިއެވެ. އެހެން ކަމުން 2018ވަނަ އަހަރާ އަޅާ ބަލާއިރު 2019ގައި ކުރި ވަރީގެ ޢަދަދު ވަނީ %61.6އަށް އިތުރުވެފައެވެ.

މިދިޔަ އަހަރު ވަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ކައިވެނިކުރި އަދަދު އިތުރުވެފައެވެ. އެގޮތުން 2018ވަނަ އަހަރު 5290 ކައިވެންޏެއް ކޮށްފައިވާއިރު 2019ވަނަ އަހަރު 6509 ކައިވެންޏެއް ވަނީ ކޮށްފައެވެ.