ޚަބަރު

އެމްއެންޔޫގެ "ވަން ސްޓޮޕް އެޑްމިޝަން" ޙަރަކާތް މިއަދު ހަވީރު!


މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އެމްއެންޔޫގެ ކޯސްތަކަށް އެޕްލައިކުރުމުގައި ފަސޭހަކުރުމަށް ބާއްވާ "ވަން ސްޓޮޕް އެޑްމިޝަން" ހަރަކާތް މިއަދާއި މާދަމާ އޮންނާނެއެވެ.

މި ޙަރަކާތަކީ ފެބްރުއަރީ އިންޓޭކްގައި އެމްއެންޔޫއިން އެކި ދާއިރާތަކުން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކާގުޅޭ މަޢުލޫމާތު ދިނުމާއި، ފައިސާ ދެއްކުމުގެ ކަންކަން ހަމަޖެއްސުމާގުޅޭ މަޢުލޫމާތު ދިނުމާއި، އަދި ހަރަކާތުގެ ތެރެއިން ކޯސްތަކަށް ކުރިމަތިލެވޭނެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

"ވަން ސްޓޯޕް އެޑްމިޝަން" ޙަރަކާތް މާލޭގައި އޮންނާނީ ރަތްދެބައި ހިންގުމުގައި ހުންނަ އެމްއެންޔޫގެ މައި އިދާރީ އޮފީހުގައިއެވެ. މި ހަރަކާތް މިއަދު ކުރިއަށްދަނި ހަވީރު 16:00އިން 18:00އަށް، އަދި ރޭގަނޑު 20:00އިން 22:00 އަށެވެ. އަދި މާދަމާގެ "ވަން ސްޓޯޕް އެޑްމިޝަން" ހަރަކާތްވެސް އޮންނާނީ ހަމަ މިގަޑިތަކުގައެވެ.

އެމްއެންޔޫއިން ފެބްރުއަރީ މަހު އިންޓޭކްގައި 100އަށްވުތެ ގިނަ ކޯހުގައި ބައިވެރިވުމަށް ހުޅުވާލާފައިވެއެވެ. ފެބްރުއަރީގައި ފަށާ ކޯސްތަކަށް ފޯމް ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 30ވަނަ ދުވަހެވެ. އެމްއެންޔޫގައި ތަޢުލީމީ، ސިއްޙީ، އެފް.އެންޑް.ބީ، ވިޔަފާރި، ސަރިއާ އަދި އަރޓްސްގެ ދާއިރާއިން ގިނަ ކޯސްތަކެއް އަންނަނީ ހިންގަމުންނެވެ.

މާލޭގެ އިތުރުން އެމްއެންޔޫ ތިނަދޫ ކެމްޕަހުގައިވެސްވަނީ މިދިޔަ ބުރާސްފަތިދުވަހު "ވަން ސްޓޮޕް އޭޑްމިޝަން" ޙަރަކާތް ބާއްވާފައެވެ.