ވިޔަފާރި

ޓީއެމްއޭގެ ފްލީޓަށް އަނެއްކާވެސް އިތުރު ސީޕްލޭނެއް


ޓްރާންސް މޯލްޑިވިއަން އެއަރވޭސް ޓީއެމްއޭގެ ފްލީޓަށް އަނެއްކާވެސް އިތުރު ސީޕްލޭނެއް ގެނެސްފިއެވެ.

އާ ސީޕްލޭނާއެކު ޓީއެމްއޭގެ ފްލީޓްގައި އޮޕަރޭޓްކުރާ ފްލައިޓްގެ އަދަދު ވަނީ 56 އަށް އަރާފައެވެ. ޓީއެމްއޭގެ ސީޕްލޭން އޮޕަރޭޝަނަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަންވެސްމެއެވެ. ޓީއެމްއޭއިން ދަނީ ރާއްޖޭގެ 60 ރިޒޯޓަކަށް ސީޕްލޭން ހިދުމަތް ފޯރުކޮށްދެމުންނެވެ.

ޓީއެމްއޭ އަކީ ދުނިޔޭގެ ނިސްބަތުން ވެސް ސީޕްލޭން ހިންގާ އެންމެ ބޮޑު އޮޕަރޭޓަރެވެ. އަދި ފާއިތުވި އަހަރުތަކުގައި ޓީއެމްއޭއިން ވަނީ ސީޕްލޭންގެ ޚިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި އިތުރުވަމުން އަންނަ ރިސޯޓުތަކާއިއެކު، ސީޕްލޭންގެ ދަތުރުތަކަށް އޮންނަ ޑިމާންޑް ބޮޑުވެފައިވާތީ މި ޑީމާންޑާއި އެއްވަރަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ޓީއެމްއޭއިން ބުނެއެވެ.