ޚަބަރު

3 ފިރިހެނަކު 17 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހުން ތަޙްޤީގުކުރަން ފަށައިފި


މެދުތެރޭ އަތޮޅެއްގެ ރަށެއްގައި 3 ފިރިހެނަކު 17 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހުން ތަޙްޤީގުކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މި ގޭންގްރޭޕްގެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިރޭގެ ވަގުތެއްގައިކަމަށެވެ.

މިމައްސަލައާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވިނަމަވެސް މިމައްސަލަ ފުލުހުން ތަޙްޤީގުކުރަން ފަށާފައިވާކަމަށް ފުލުހުންގެ ތަރުޖަމާން ވިދާޅުވިއެވެ.

ދެކުނުގެ ރަށެއްގައި 2 އަހަރުނުވާ ކުޑަކުއްޖަކަށް އެކުއްޖާގެ ކާފައާއި މުނިކާފަ ޖިންސީ އަނިޔާކުރި މައްސަލައެއް ފެންމަތިވި ހިސާބުން ރާއްޖޭގެ އެކި ސަރަހައްދުތަކުން މިފަދަ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. މިއާއެކު މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކުގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންނަނީ ބަލަމުންނެވެ.