ޚަބަރު

އައިސްއަލަމާރިއަކަށް އެސިޑް ފުޅިއެއްލީ ދެމީހަކު ހައްޔަރުކޮށްފި


އެސިޑް ކަމަށް ޝައްކު ކުރެވޭ
އެއްޗެއް އަޅާފައި ހުރި ފުޅިއެއް މީހުން ދިރިއުޅޭ ގެއެއްގެ އައިސްއަލަމާރި ތެރެއަށް ލާފައިވާކަމުގެ ތުހުމަތުގައި 2 މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން
ބުނީ އެސިޑް ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިހުރި 1.5 ލީޓަރގެ ބޮނަކުއާ
ފުޅިއެއް މީހުން ދިރިއުޅޭ ގެއެއްގެ އައިސްއަލަމާރިއަށް ލާފައިވާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ
ދިވެހި އަންހެނަކާއި 24 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

މިމަހުގެ 5 ވަނަ ދުވަހު
ލ. މާވަށުގައި ހިނގި މި ހާދިސާއާ ގުޅިގެން މި ދެމީހުން ހައްޔަރުކޮށްފައިވަނީ
މިމަހުގެ 11 ވަނަ ދުވަހުކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެގޮތުން މިމައްސަލައިގައި
ހައްޔަރުކުރި 47 އަހަރުގެ އަންހެންމީހާ ހައްޔަރުކޮށްފައިވަނީ ލ. ފޮނަދޫން
ކަމަށާއި، 24 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ ލ. މާވަށު އޭނާ
ދިރިއުޅޭ ގެއިން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ދެމީހުންގެ ބަންދަށް ކޯޓުންވަނީ 15
ދުވަސް ޖަހާދީފައެވެ. އަދި އެސިޑް ކަމަށް ޝައްކު ކުރެވޭ ދިޔާ އެއްޗެއް އަޅާފައިވާ ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލަ ލ. މާވަށު ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙްޤީގު ކުރަމުނެވެ.