ކުޅިވަރު

އެންމެ ބޮޑު މައްސަލައަކީ ކުޅުންތެރިންނާއި ނުބައްދަލު މުސާރަ ދިނުން: އަންވަރު


އެންމެ ބޮޑު މައްސަލައަކީ ކުޅުންތެރިންގެ ހުނަރާ ނުބައްދަލު އަގު އެ ކުޅުންތެރިންނަށްދޭން ޖެހުންކަމަށް ނިލަންދޫ ސްޕޯޓްސް ކުލަބުން ބުނެފިއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކުޅިވަރު ޕްރޮގްރާމް ސްޕޯޓްސް ބަޒްގައި ވާހަދައްކަމުން ނިލަންދޫ ސްޕޯޓްސް ކުލަބުގެ ރައީސް އަންވަރު ޢަލީ ވިދާޅުވީ ކުރިން ފުރަތަމަ ޑިވިޝަންގައި އޭނާ ފުޓްބޯޅަ ކުޅުނުއިރު، މުސާރައަކީ ފަސްހާސް ރުފިޔާ ކަމަށާއި އޭރު ކުޅުންތެރިއަކަށް އަހަރު އާމްދަނީގެ ގޮތުގައި 60،000 ރުފިޔާ ލިބިގެންދާކަމަށެވެ.

ޤައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ވިދާޅުވީ މިހާރުގެ ހާލަތައް ބަލާއިރު ޒަމާނާ އެއްގޮތައް ކުލަބްތައް ބަދަލުވެ ކުޅުންތެރިން ގަނެވިއްކުމުގެ ބޮޑު ފޯރިއެއް އުފެދިގެން އައި ކަމަށެވެ. އޭނާ ވިދާޅުވީ ބޮޑެތި މުސާރައިގައި ރަނގަޅު ހުނަވެރި ކުޅުންތެރިން ވެސް ފެނިގެންދިޔަކަމަށެވެ. އެއަށްފަހު ފުޓްބޯޅައިގައި ފޯރި އޮތް މިންވަރާ ކުލަބަތުގެ ވާދަވެރިކަން އޮތް މިންވަރުން ކާމިޔާބުހޯދަން ބޭނުންވެ ކުޅުންތެރިންގެ އަގު އަތްނޮފޯރާ ހިސާބަށް ދިޔަކަން އަންވަރު ވަނީ ޕްރޮގްރާމްގަ ވާހަކަދައްކުމުން ފާހަގަކޮށްފައެވެ. ކުލަބުތަކުގެ ހާލަތު ގޯސްވުމުގައި ކުޅުންތެރިންނަށް ހުނަރާ ނުބައްދަލު އަގުކަނޑެއެޅުން ފާހަގަކުރެވޭކަމަށް ކުރިން ނިއުރޭޑިއަންޓުގެ މެނޭޖަރުކަން ވެސް ކުރި އަންވަރު އަލީ ވިދާޅުވިއެވެ.

" ކުރިން އަޅުގަނޑުމެން ކުޅުނު އިރާ މިހާރުގެ ކުޅުންތެރިންގެ އަގު ވަރަށް ތަފާތު ، އޭރު ފަސްހާހަސް އެއީ ވަރަށް ބޮޑުވަރެއް ، ފަހުން އައި ބަދަލުތަކާ އެކު ފެނިގެން ދިޔައީ މާކެޓް ވިލުޔުގެ ތެރިން ކުޅުންތެރިންގެ އަގު މައްޗަށް ދިޔަތަން ، އޭގެތެރެއިން އެއަގު ރަނގަޅުކުޅުންތެރިން ވެސް ފެނިގެންދިޔަ." ނިލަންދޫ ސްޕޯޓްސް ކްލަބުގެ ރައީސް އަންވަރު ޢަލީ ވިދާޅުވިއެވެ.

އަންވަރު ޢަލީ ވިދާޅުވީ އެކުލަބުކުން ކުޅުންތެރިން އަގުދީގެން ކުޅުންތެރިން ގެންނަން ވާނީ އެކުލަބަކުން މެނޭޖުކުރެވޭނެ ވަރު ބަލައިގެން ކަމަށެވެ. އަންވަރު އަލީ ވިދާޅުވީ ނިލަންދޫ ސްޕޯޓްސް ކުލަބުން މިދިޔަ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރި ކުޅުންތެރިން ކުޅުނީ މުސާރައަކަށް ނޫންކަމަށާއި އެއަށްވުރެ ބޮޑަށް ރަށުގެ ލޯބީގައިކަމަށެވެ.

އެހެންނަމަވެސް ބޭރު ކުޅުންތެރިން ޓީމާ ގުޅުނު ހިސާބުން ކުޅުންތެރިންނަށް މުސާރަ ދޭންފެށިކަމަށް އަންވަރު ވިދާޅުވިއެވެ. ދެހާސް އަށާރަވަނަ އަހަރު ސީޒަންގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އަހަރު ނިންމާ ނިލަންދޫ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިންނަށް އަހަރީ ބޯނަސް ދިންކަން ޕްރޮގްރާމްގައި އަންވަރު ވަނީ ފާހަގަކޮށްފައެވެ. އަންވަރު ވިދާޅުވީ މި ސީޒަންގައި ކުލަބު ހިންގުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަލާންޖެހުނު ކަމަށެވެ.