ވިޔަފާރި

ގދ. ތިނަދޫ ސިނާއީ ސަރަހައްދުން ދަނޑުވެރިކަމުގެ މަސައްކަތަށް ބިން ދޫކުރަނީ


ގދ. ތިނަދޫ ސިނާއީ ސަރަހައްދުން ދަނޑުވެރިކަމުގެ މަސައްކަތަށް 8 ބިމެއް ދޫކުރަން އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

ތިނަދޫ ކައުންސިލްގެ އިދާރާއިން ވިދާޅުވީ، ތިނަދޫ ރޯހައުސްތަކުގެ އުތުރުން މާފުށީ ޞިނާޢީ ސަރަޙައްދުން 2000 އަކަފޫޓުގެ 8 ބިން ކުއްޔަށް ދޫކުރުމަށް ނިންމާފައިވާކަމަށެވެ. މި ބިންތައް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ ބިން ކުއްޔަށް ދޫކުރުމަށް އެގްރީމެންޓްކޮށް، ބިން ޙަވާލު ކުރާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ބިމުގައި މަސައްކަތް ފަށާގޮތަށެވެ. އެއްބަސްވުމުގެ ދަށުން ތާރޑްޕާރޓީ އެގްރިމެންޓުގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކަށް ބިން ކުއްޔަށް ޙަވާލުކުރެވޭ ފަރާތް ނޫން އެހެން އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ބިން ޙަވާލު ކޮށްގެން ނުވާނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ބިމުގެ އަކަފޫޓަކަށް މަހަކު 20 ލާރި އަށްވުރެ ކުޑަނޫން ޢަދަދަކަށެވެ. މި ބިންތަކަށް ޕްރޮޕޯސަލް ހުށައެޅޭނީ، މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ދުވަހުގެ އެގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށްކަމަށް ކައުންސިލުން ހާމަކުރައްވައެވެ.