ދުނިޔެ

އިރާގުގައި ދިން ބޮމުގެ ހަމަލާތަކެއްގައި 18 މީހުން މަރުވެއްޖެ


އިރާގުގައި އިއްޔެ ހިންގި ބޮންގޮއްވުމުގެ ހާދިސާތަކުގައި 18 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.މީގެތެރެއިން ޝިޔައީންގެ މުހިއްމު މަޒާރުތަކެއް ހުންނަ އަލްކާޟިމިއްޔާގައި މީހަކު އަމިއްލައަށް މަރުވެގެން ދިން ޙަމަލާއެއްގައި 2 މީހުން މަރުވެ އެތައްބަޔަކު ޒަޚަމްވެފައިވާއިރު ބަޣްދާދުގެ ހުޅަނގުގެ އަލްއިސްކާން ސަރަހައްދުގައި އިއްޔެ ހަވީރު ކާރުބޮމެއް ގޮއްވާލުމުގެ ސަބަބުން 2 މީހުން މަރުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވެއެވެ.މީގެ އިތުރުން، ބަޣްދާދުގެ އިރުއުތުރުގައި ރޭ ބޮންތަކެއް ގޮއްވާލުމުގެ ސަބަބުން 8 މީހުން މަރުވެފައިވެއެވެ. ބަޣްދާދުގެ ސަދްރު ސިޓީގެ ރެސްޓޯރެންޓެއްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުންވެސް 6 މީހުން މަރުވެ އިތުރު ބަޔަކު ޒަޚަމްވިކަމަށް އިރާގުގެ އަމަނާބެހޭ އިދާއިރާތަކުން ބުނެއެވެ.