ޚަބަރު

ޒުވާނަކު ގެއްލިގެން ހޯދަނީ


ގދ ހޯޑެއްދޫއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުން އަންނަނީ އެރަށު ސަތަވަރީގެ އަލީ ޝަޒުވާން މުޙައްމަދުއެވެ. ޝަޒުވާން ނުވަތަ ރައްޓެހިން ކިޔައި އުޅޭ ގޮތުންނަމަ ބޮމާ ގެއްލިފައި ވަނީ އިއްޔެ އިން ފެށިގެން ކަމަށް ހޯނޑެއްދޫ ކައުންސިލުން މަޢުލޫމާތު ދެއެވެ.

ޝަޒުވާން އާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހޯނޑެއްދޫ ކައުންސިލަށް ނުވަތަ ފުލުހުންނާއި ލަސްނުކޮށް އެ މައުލޫމާތެއް ހިއްސާ ކުރުމަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ވިދާޅުވީ ހޯޑެއްދޫން ޒުވާނަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 21:37 އެހާކަންހާއިރު ކަމަށެވެ.
އެ ރިޕޯޓާއެކު ގެއްލިގެން އުޅޭ މީހާ ހޯދުމަށް ފުލުހުންގެ ޓީމެއް އެރަށަށް ދިޔުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.