ޚަބަރު

ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފި


ގއ.ކަނޑުހުޅުދޫގައި ޢުމުރުން އެންމެ ދެ އަހަރުގެ ތުއްތު ކުއްޖަކު "ރޭޕް"ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެކުއްޖާގެ ބައްޕަ ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ ހުރި ހުޅުމާލެ ފްލެޓް ކައިރިއަށް ޢާއްމުގެ އެތައްބަޔަކު އެއްވެ ނުރުހުން ފާޅުކުރަމުން ދަނިކޮށެވެ. ފުލުހުން އެމީހާ ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ ޢާއްމުންނަށް ނޭނގޭގޮތަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ބައްޕަ ހުރިކަމަށް ބުނާ ހުޅުމާލެ ފްލެޓް ކައިރިއަށް މިއަދު ހަވީރުން ފެށިގެން އާއްމުންދިޔައީ އެއްވެ އަޑުއުފުލަމުންނެވެ. އެސަރަޙައްދަށް އެއްވެ ތިބި މީހުން މަސައްކަތް ކުރީ އެގެޔަށް ވަނުމަށް ކަމަށް މަޢުލޫމާތުލިބެއެވެ. އެއްވެ ތިބި އާންމުން ހަމަނުޖެހުން ހިންގަންފެށީ ކޯޓު އަމުރެއް ނުލިބިގެން ފުލުހުންނަށް އޭނާ ހައްޔަރު ނުކުރެވި ލަސްވާތީ ކަމަށް ބުނެއެވެ. ހަވީރުގެ ވަގުތެއްގައި ކުއްޖާގެ ބައްޕަ ހުރިކަމަށް ތުހުމަތު ކުރެވޭ ފްލެޓަށް ޢާންމުން ގާއުކުމުގެ ސަބަބުން އެ ގެއަށްވަނީ ގެއްލުއްތަކެއްވެފައެވެ. ހަމަނުޖެހުން ކޮންޓްރޯލު ކުރުމަށް، އެސްއޯ ފުލުހުންވަނީ އެސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

އެ ސަރަޙައްދަށް އެއްވި މީހުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއްވެސް ހިނގިއެވެ. އެއްވި ޢާންމުން އެސަރަހައްދުން ދުރުކުރަން ފުލުހުން ބާރުގެ ބޭނުންކޮށް ޕެޕާސްޕްރޭވެވަނީ ޖަހާފައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި ފުލުހުން މަސައްކަތް ކުރަމުންދިޔައީ ބާރުގެ ބޭނުންކޮށްގެން އެ ސަރަޙައްދަށް އެއްވެ ތިބި މީހުން ދުރަށް ޖެއްސުމަށެވެ. ޢާއްމުންނާއި ފުލުހުންނާދެމެދު ހިނގި ހަމަނުޖެހުންތަކުގައި ފުލުހަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންދިޔަކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް ރޭފްކުރި މައްސަލާގައި އެކުއްޖާގެ މުނިކާފައާއި ކާފަވެސް ވަނީ ހައްޔަރުކޮށްފައެވެ.
ގއ.ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖާ ރޭފްކުރި މައްސަލާގައި ހައްޔަރުކުރި ދެމީހުންނާބެހޭ މަޢުލޫމާތު ފުލުހުން ޢާއްމުނުކުރި ނަމަވެސް އެ މައްސަލާގައި ދެމީހަކު ހައްޔަރުކުރިކަން ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން އަށްޑިހަ އެއް އަހަރުގެ ފިރިހެނަކާޢި ފަސްދޮޅަސް ދެ އަހަރުގެ ފިރިހެންނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލާގައި ހިމެނޭ ދެ އަހަރުގެ ތުއްތު ކުއްޖާ ހުރީ މިވަގުތު ހުރީ ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ.