ކުޅިވަރު

ވިމްބަލްޑަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ޖޮކޮވިޗް ހޯދައިފި


ރޮޖަރ ފެޑްރާ ބަލިކޮށް ވިމްބަލްޑަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ނޮވަކް ޖޮކޮވިޗް ހޯދައިފިއެވެ. ހަތް ފަހަރަށް ވިމްބަލްޑަން ކާމިޔާބުކޮށްފައިވާ ފެޑްރާގެ މައްޗަށް ޖޮކޮވިޗް ފައިނަލްގައި ކުރި ހޯދީ ތިން ސެޓް އެއް ސެޓުންނެވެ.

ދުނިޔޭގެ އެއްވަނައަށް ރޭންކް ކުރެވިފައިވާ ޖޮކޮވިޗް ފައިނަލްގެ ސެޓްތައް ގެންދިޔައީ ހަތެއް ހަޔެއް، ހަޔެއް ހަތެއް، ހަޔެއް ހަތަރެއް އަދި ހަޔެއް ތިނަކުންނެވެ. މިއީ ސަރބިއާގެ ޖޮކޮވިޗް ވިމްބަލްޑަން ކާމިޔާބުކުރި ތިންވަނަ ފަހަރެވެ.

މިއަހަރު މިހާތަނަށް އެކި މުބާރާތް ތަކުގައި ކުޅުނު ފަންސާސް އެއްމެޗުން ޖޮކޮވިޗް ބަލިވެފައިވަނީ އެންމެ ތިން މެޗުންނެވެ. މެޗަށްފަހު ޖޮކޮވިޗް ބުނީ ފެޑްރާޔާއެކު ފައިނަލެއް ކުޅުމަކީ ޕްރެޝަރ ބޮޑު ކަމެއް ކަމަށާއި، ފެޑްރާގެ މައްޗަށް ކުރިހޯދުނީ ބުރަ މަސައްކަތުން ކަމަށެވެ.