ގދ.ތިނަދޫ އުތުރު ފަރާތު ފަރު ބޭރަށް ކުދި މަސް ނެގުމަށް ޑައިވް ކުރި މީހަކު މަރުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މަރުވެފައިވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެމީހާ ކުދި މަސް ނެގުމަށް ފޭބީ ތިނަދޫގެ އުތުރު ފަރާތު ކުނިކޮށްޓާ ދިމާލަށް ފަރު ބޭރަށް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
އެމީހާ ގދ.ތިނަދޫގައި ހުންނަ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު މެންދުރު 14:12 ހާއިރު ކަމަށްވެސް ފުލުހުން މަޢުލޫމާތުދެެއެވެ.