ވިޔަފާރި

ޗައިނާ ސަދަން އާއި ޗައިނާ އީސްޓަން އެއަރލައިންއިން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި


ޗައިނާ ސަދަން އާއި ޗައިނާ އީސްޓަން އެއަރލައިންތަކުން މާލެއާއި ކޮލަމްބޯއާ ދޭތެރޭ ކުރާ ދަތުރުތަކަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ޗައިނާ ސަދަން އާއި ޗައިނާ އީސްޓަން އެއަރލައިންގެ ރާއްޖޭގެ އޭޖެންޓް ވިލާ ޓްރެވަލްސްއިން މަޢުލޫމާތުދޭ ގޮތުގައި މިޕްރޮމޯޝަންގެ ދަށުން ޗައިނާ ސަދަން އެއަރލައިނުން ބިޒްނަސް ކްލާހާއި އިކޮނޮމީ ކްލާހަށް ޚާއްސަ ފެއާތައް ކަނޑައަޅާފައިވާއިރު ޗައިނާ އީސްޓަން އެއާލައިނުން ކަނޑައަޅާފައި ވަނީ އިކޮނޮމީ ކްލާހަށް ޚާއްސަ ފެއާއެކެވެ.

މި ޕްރޮމޯޝަންގެ ދަށުން ޗައިނާ އީސްޓަންއިން މާލެ-ކޮލަމްބޯ ދެކޮޅު ޓިކެޓް 252 ޑޮލަރަށް ލިބޭނެއެވެ، އަދި މި ޕްރޮމޯޝަންގެ ދަށުން ޗައިނާ ސަދަންއިން ބިޒްނަސް ކްލާހުގައި ދަތުރު ކުރާ މީހުންނަށް ދެކޮޅު ޓިކެޓް 695 ޑޮލަރަށް ލިބޭނެއެވެ. އަދި ޗައިނާ ސަދަންގެ އިކޮނޮމީ ކްލާހުގެ ދެކޮޅު ޓިކެޓް 235 ޑޮލަރަށް ލިބޭނެއެވެ.

ޗައިނާ ސަދަން އާއި ޗައިނާ އީސްޓަން އެއަރލައިން މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް ބެގެޖް އެލަވަންސްގެ ގޮތުގައި 23 ކިލޯ ލިބޭނެއެވެ. ވިލާ ޓްރެވަލްސްއިން މަޢުލޫމާތުދޭ ގޮތުގައި ޗައިނާ ސަދަންގެ ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތިދުވަހުއެވެ. ޗައިނާ އީސްޓަންގެ ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ، ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.