ޚަބަރު

ޔޫއޭއީން އިޔާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކޮށްފި


ޔޫއޭއީއިން އިޔާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ހަތަރު %100 އިތުރުކޮށްފައިވާނެކަމަށް އެޤައުމުގެ ތެލާ ބެހޭ ޤައުމީ ކުންފުނި، އަބޫ ދާބީ ނޭޝަނަލް އޮއިލް ކޯ، އެޑްނޯކުން ބުނެފިއެވެ.

ޔޫއޭއީއަށް މިހާރު ވަޑައިގެންއުޅުއްވާ އިންޑޮނޭޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯއާ ބައްދަލުކުރައްވާ ވާހަކަދައްކަވަވަމުން އެޑްނޯކްގެ ޗީފް އެގްޒެކެޓިވް ސުލްތާން ޢަލް ޖަބާރު ވިދާޅުވީ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ޔޫއޭއީއިން އުފައްދާ އިޔާދަކުރަނިވި %400ގެ ދެގުނައަށް އުފުލިގެންދާނެކަމަށާއި މިކަން ހާސިލްކުރެވޭނެ ފިޔަވަޅުތައް މިހާރު އަޅަމުންދާކަމަށެވެ. އޭނާ ވިދާޅުވީ ބުނެފައިވަނީ އެކުންފުނިން ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ މިންވަރުވެސް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި %25 ތިރިކުރުމަށް ރާވާފައިވާނެކަމަށެވެ.

އަބޫ ދާބީއަށް ވަޑައިގެން އުޅުއްވާ އިންޑޮނޭޝިޔާގެ ރައީސް ވިޑޯޑޯވަނީ އިންޑޮނޭޝިޔާގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ސިނާޢަތަށް އިތުރު އިންވެސްޓްމަންޓްތައް ބޭނުންވާކަމަށެވެ އަދި އެޤައުމުގައި ޤާއިމުކުރާ އައު ވެރިކަންކުރާ ރަށް ވެގެންދާނީ ތިމާވެއްޓާ ރައްޓެރި ދެމެހެއްޓެނެވި ތަރައްޤީގެ ވައްޓަފާޅިއެއްގެ ދަށުން މީހުން ދިރިއުޅޭނެ ރަށަކަށްކަމަށްވެސް ވިޑޯޑޯ ވިދާޅުވިއެވެ.

އިންޑޮނޭޝިޔާގެ ރައީސް ވިދާޅުވީ އެޤައުމުންވަނީ ޔޫއޭއީއާއެކު 11 ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިކަމަށެވެ. އަދި އެއްބަސްވުންތަކުގެ އަގު 23 ބިލިއަން ޑޮލަރަށް އަރާކަމަށްވެސް އޭނާ ވިދާޅުވިއެވެ.