ޚަބަރު

ދަމަނަ ވެށިން މީސްލްސް ވެކްސިން ޖަހައިދޭން ފަށައިފި


ހިމަބިހި ފެތުރެމުން ދިޔުމާއި ގުޅިގެން އެބައްޔަށް ދޭ މީސްލްސް ވެކްސިން ދިނުމުގެ މަސައްކަތް ދަމަނަވެށީގައި ފަށައިފިއެވެ.

ދަމަނަ ވެށިން ބުނެފައި ވަނީ މީސްލްސް ވެކްސިންގެ 2 ޑޯޒް ފުރިހަމަނުކޮށް ތިބި ކުދިންގެ ތެރެއިން 18 އަހަރު ނުފުރޭ ކުދިންނަށް ދަމަނަ ވެށިން ވެކްސިން ދެމުންދާނެކަމަށެވެ. މި ބަލި ފެތުރުމުގެ ފުރުޞަތު ބޮޑީވެސް އުމުރުން ހަގު ކުދިންގެ ތެރޭގައެވެ.

ވެކްސިންގ ޖަހަން އަންނައިރު ކުއްޖާގެ އައިޑީކާޑާއި ވެކްސިންގ ފޮތް ގެނައުމުން ވެކްސިން ޖަހައިދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެއެވެ.

ނަމަވެސް ވެކްސިންގ ފޮތް ނެތް ކުދިން އައިޑީކާޑު ގެނައުމުން ވެކްސިންގ ޖަހައިދޭނެކަމަށް ދަމަނަވެށިން ވަނީ ބުނެފައެވެ.

ދަމަނަވެށިން ވެކްސިން ޖަހާއިރު ވެކްސިންއަށާއި އަދި ވެކްސިން ޖަހައދިނުމަށްވެސް އެއްވެސް ފީއެއް ނުނަގާނެއެވެ.

ވެކްސިން ދިނުމުގެ ކަންކަން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެންދުނު 8.15ން ހަވީރު 5.00ށް ކުރިއަށްދާނެއެވެ.

މީގެއިތުރުން ހުރިހާ އުމުރު ފުރައެއްގެ މީހުންނަށް އައިޖީއެމް ހޮސްޕިޓަލާއި، ހުޅުމާލެ ހޮސްޕިޓަލް އަދި ޕްރައިވެޓް ހޮސްޕިޓަލްތަކާއި އަތުޅުތަކުގެ ހޮސްޕިޓަލުތަކުންނާއި ސިއްޙީމަރުކަޒުތަކުން ވެސް ވެކްސިން ޖެހޭނެކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހިމަބިހި ފެތުރެމުން ދިއުމާއި ގުޅިގެން، ބަލި ފެތުރުމުގެ ފުރުސަތު އޮތުމާއިއެކު އެޗްޕީއޭއިން ވަނީ ވެކްސިންގ ޑޯޒް ހަމަނުކުރާ ކުދިންނާއި އަދި މީހުންވެސް ވެކްސިން ޑޯޒް ހަމަކުރުމަށް އިލްތިމާސްކޮށްފައެވެ.

ހެލްތް މިނިސްޓްރީއިންވަނީ މި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި، ވެކްސިން ނުޖަހާ މީހުންނަށް ވެކްސިން ދިނުމުގެ ކެމްޕެއިނެއް ފަށާފައެވެ.