ޚަބަރު

އެމްޕީއެލްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް 23 ދަރިވަރުން ހޮވިއްޖެ


މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް 23 ދަރިވަރުން ހޮވިއްޖެއެވެ.

އެމްޕީއެލްއާއި މޯލްޑިވްސް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ ގުޅިގެން ކުރިއަށްގެންދާ މިޕްރޮގްރާމްގައި ބައިވެރިވުމަށް 400 އަށްވުރެ ގިނަ ކުދިން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް އެމްޕީއެލުން ވިދާޅުވެއެވެ.

އިންޓަވިއުތަކުން ހޮވިގެން ޕްރޮގްރާމަށް ޝަރުތުހަމަވި 23 ދަރިވަރުންނަށް 6 މަސްދުވަހުގެ ޕްރޮގްރާމެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި 4 ދައިރާއަކުން ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެމްޕީއެލުން ވިދާޅުވެއެވެ.

މިރަސްމިއްޔާތުގައި ވާހަފުޅުދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވީ މިޕްރޮގްރާމަކީ ނޭޝަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ލެވެލް 3 ގެ ކޯހެއްކަމަށެވެ.

އަދި މި ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް ކޮންމެ މަހަކު 6000 ރުފިޔާގެ އެލަވަންސެއްވެސް ލިބޭނެކަމަށާއި މިމުއްދަތުގެތެރޭގައި މުވައްޒަފުންނަށް ލިބޭ އެހެނިހެން އިނާޔަތްތައް ނުލިބޭނެކަމަށް އެކުންފުނިންގ ވިދާޅުވިއެވެ.

އެމްޕީއެލްގެ މުވައްޒަފުންނަކީ ޒަމާނީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތުގެ މާޙައުލަށް އަހުލުވެރި ބަޔަކަށް ހެދުމަށް އެކުންފުނިން އަންނަނީ މަސައްކަތްކުރަމުންނެވެ.