ވިޔަފާރި

ފައިނޭންސް ލީސިންގ ވިޔަފާރިކުރުމުގެ ލައިސަންސް ސީއެމްޑީއަށް ދީފި


ރާއްޖޭގައި ފައިނޭންސް ލީސިންގ ވިޔަފާރިކުރުމުގެ ލައިސަންސް ސީއެމްޑީ ފައިނޭންސް ލީސިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދީފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވީ ސީއެމްޑީ ލީސިން ކުންފުންޏަށް ފައިނޭންސް ލީސިންގ ލައިސަންސްގެ ލިޔުން ހަވާލުކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްއެވެ.

އެމްއެމްއޭއިން ވިދާޅުވީ ސީއެމްޑީ ލީސިންގއިން ވިޔަފާރި ފެށުމުން ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކަމާއެކު ފުޅާކޮށް ތަރައްގީކުރުމަށާއި، ވާދަވެރިކަން އިތުރުކުރުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ.

ރާއްޖޭގައި ފައިނޭންސް ލީސިންގ ވިޔަފާރިކުރުމުގެ ލައިސަންސް ދިން ސީއެމްޑީ ލީސިން ކުންފުންޏަކީ ޖޭއެމްޓީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ 99 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. ޖޭއެމްޓީ ކުންފުނީގެ 80 ޕަސެންޓް ހިއްސާދާރަކީ ޖަޕާނުގެ ކުންފުންޏެކެވެ.

ރާއްޖޭގައި ލީސިންގެ ވިޔަފާރި ބައެއް އެހެން ކުންފުނިތަކުންވެސް ކުރެއެވެ. އޭގެ ތެރޭގައި ބައެއް ބެންކުތަކާއި ކުންފުނިތައް ހިމެނެއެވެ.