ކުޅިވަރު

އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު މާނޭ އަށް


އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ލިވަޕޫލްގެ ސެނަގޯލް ފޯވަޑް މާނޭއަށް ހޮވައިފި އެވެ.

މިއީ ލިވަޕޫލަށް ކުޅުނު ސެނަގާލްގެ އަލްހާޖީ ދިއުމަށްފަހު މި މަގާމު އެ ގައުމުގެ ކުޅުންތެރިއަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރު ލިވަޕޫލަށް 45 ގޯލު ޖަހައިދިން ފޯވަޑްގެ ފަހަތުން ދެ ވަނަ އަށް ދިޔައީ ލިވަޕޫލްގެ މިސުރު ފޯވަޑް މުހައްމަދު ސަލާހު އެވެ. އޭނާ އަކީ މިދިޔަ ދެ އަހަރު މި މަގާމު ހޯދި ކުޅުންތެރިޔާ އެވެ. ތިން ވަނަ ލިބުނީ މެންޗެސްޓާ ސިޓީގެ ފޯވަޑް އަލްޖިރިއާގެ ރިޔާދް މާރޭޒް އަށެވެ. އެވޯޑް ލިބުމުން މާނޭ ވަނީ ލިވަޕޫލާއި ގައުމީ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިންނަށް ޝުކުރުއަދާކޮށްފަ އެވެ.

"ފުޓްބޯޅަ އަކީ އަހަރެންގެ ވަޒީފާ. ފުޓްބޯޅަ ކުޅެން އަހަރެން ލޯބިކުރަން. އަހަރެން ޝުކުރުވެރިވަން އަހަރެންގެ އާއިލާ އަށް. ލިވަޕޫލަށް. ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސެނެގާލް ފެޑަރޭޝަނަށް،" މާނޭ ބުންޏެވެ.

މާނޭ ވަނީ މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރެމިއާ ލީގުގެ ރަންބޫޓު ސަލާހާއެކު ހޯދައިފަ އެވެ. އަދި ޗެމްޕިއަންސް ލީގު ލިވަޕޫލަށް ކާމިޔާބުކޮށްދީ ކުލަބު ވޯލްޑް ކަޕާއި ސުޕަ ކަޕް ވެސް ކާމިޔާބުކޮށްދީފަ އެވެ. އެފްރިކާގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ދީފައިވަނީ މޮރިކޯގެ އަޝްރަފް ހާކިމީ އަށެވެ. އޭނާ އަކީ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޓްޑަށް ލޯނު އުސޫލުން ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ އަލުން ގެންދިއުމަށް ސްޕޭނުގެ ރެއާލް މެޑްރިޑުގެ މިހާރުގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ ނިންމާފަ އެވެ.