ޚަބަރު

ލަންކާއިން ދިވެހި ބަޔަކު ހައްޔަރުކުރީ ވިސާގެ މައްސަލަތަކާއި މަނާ ސިނގިރޭޓް އެތެރެކޮށްގެން


ވިސާއާއި އެހެނިހެން މައްސަލަތަކުގައި އަވަށްޓެރި ސްރީލަންކާގެ ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރުތިބީ 3 ދިވެއްސަކު ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް ޖުމްލަ 12 މީހަކު ގެންދެވުނުކަމަށެވެ. އޭގެ ތެރެއިން 5 މީހަކު ގެންދެވިފައިވަނީ ފުލުހުން ބޭނުންވާ ސުވާލުތަކެއް ކުރުމަށްކަމަށް. މިހާރު އެ 5 މީހުން ދޫކޮށްލާފައިވާކަމަށް އެމިނިސްޓްރީން މަޢުލޫމާތުދެއްވާ. މީގެ އިތުރުން ބާކީތިބި މީހުންގެ ތެރެއިން 4 މީހަކުވެސް މިހާރު ދޫކޮށްލާފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެއްވާ.

މައުލޫމާތުލިބިފައިވާ ގޮތުގައި ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ތިބި 3 މީހުންނަކީ ވިސާގެ މައްސަލަތަކާއި، ލަންކާއަށް އެތެރެކުރުން މަނާ ސިނގިރޭޓް އެތެރެކުރި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުންނެވެ.

ލަންކާގެ ޤަވާއިދުތަކާއި ޚިލާފަށް އުޅުނު ދިވެހިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހިސާބުން ފެށިގެން ލަންކާގައި ހުންނަ ދިވެހި އެމްބަސީންދަނީ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެެވެ. ބޭރު ޤައުމުތަކަށް ދިވެހިން ގޮސްއުޅޭއިރު އެގައުމުތަކުގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ފޮރިން މިނސްޓްރީން އިލްތިމާސްކުރައްވައެވެ.