ޚަބަރު

ޔޮޓެއްގައި އަލިފާންރޯވެ 3 މީހަކަށް އަނިޔާވެ ފަރުވާދެނީ


ކުޑަވިލިނގިލި ފަޅުތެރޭގައި އޮތް ޔޮޓެއްގައި އަލިފާންރޯވެ، 3 މީހަކަށް އެކިވަރުގެ އަނިޔާތަކެއްވެއްޖެއެވެ.

ތުލުސްދޫކައިރީގައި އޮންނަ ކުޑަވިލިނގިލި ފަޅުތެރޭގައި އޮތް ޔޮޓެއްގައި އަލިފާންރޯވެގެން ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ ފަތިހު 5:42 ހާއިރއެވެ. އަލިފާނުގެ ހާދިސާ ހިނގާދިޔައިރު އޭގައި ތިބި 3 މީހުންވެސް ކޯސްޓްގާޑަށް ނަގައި ތުލުސްދޫ ސިއްޚީ މަރުކަޒަށް ވަނީ ގެންގޮސްފައެވެ. ނަމަވެސް މި މީހުންނަށް އެހާ ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިޔޮޓަކީ އޮސްޓްރޭލިއާގެ "ވެރިޓަ" ނަމަކަށް ކިޔާ ޔޮޓެކެވެ. އުޅަނދުގެ ބޮޑުބައި އެއްކޮށް ރޯވެ އަދާހުލިވެފައިވާއިރު މިހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި ސިފައިން ހާމަކޮށްފައެއްނުވެއެވެ.

މިހާދިސާ ހިނގި ސަރަހައްދުގައި ކޯސްޓްގާޑުން ދަނީ ހަރަކާތްތެރިވަމުންނެވެ.