ކުޅިވަރު

ވިމްބަލްޑަން ފަައިނަލަށް ރޮޖަރ ފެޑްރާ ދަތުރުކޮށްފި


ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލްގައި ނޮވަކް ޖޮކޮވިޗާ ބައްދަލުކުރާނެ ކުޅުންތެރިޔަކަށް ހަތް ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ރޮޖާރ ފެޑްރާ ވެއްޖެއެވެ.



މުބާރާތުގެ
ދެވަނައަށް ސީޑް ކުރެވިފައިވާ ސްވިޒަރލެންޑްގެ ރޮޖާރ ފެޑަރާ ފައިނަލުން ޖާގަ ހޯދީ ރޭ
ކުޅުނު ސެމީފައިނަލް ދެވަނަ މެޗްގައި ތިންވަނައަށް ސީޑް ކުރެވިފައިވާ އިނގިރޭސި
ވިލާތުގެ އެންޑީ މަރީގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ. މިމެޗްގެ
ސެޓްތައް ފެޑަރާ ގެންގޮސްފައިވަނީ ހަތެއް ފަހެއް، ހަތެއް ފަހެއް އަދި ހައެއް
ހަތަރަކުންނެވެ. މިއީ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލަށް ފެޑަރާ ދަތަރުކުރި
ދިހަވަނަ ފަހަރެވެ. މި މުބާރާތުގެ ފައިނަލުން އެއްވަނައަށް ސީޑް ކުރެވިފައިވާ
ސާރބިޔާގެ ނޮވަކް ޖޮކޮވިޗް ޖާގަ ހޯދީ ސެމީފައިނަލް ފުރަތަމަ މެޗްގައި އެކާވީސް
ވަނައަށް ސީޑް ކުރެވިފައިވާ ފްރާންސްގެ ގަސްކެޓްގެ މައްޗަށް ފަސޭޙަކަމާއެކު ސީދާ
ތިން ސެޓުން ކުރި ހޯދައިގެންނެވެ.