ވިޔަފާރި

ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން ޝޯވގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން ޝޯވގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން ޝޯގައި ބައިވެރިވާން ބޭނުންވާ ފަންނާނުންނާއި އަދި މި ޝޯވ ހޯސްޓް ކުރަން ބޭނުންވާ ރަށްތަކަށް އެ ފުރުސަތު ހުޅުވާލާކަމަށެވެ.

ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން ޝޯވ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޝޯވގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ފަންނާނުންނަށް ދެނީ ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ.

މި ޝޯވގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކުރަންޖެހޭނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގައި ދިވެހި ފަންނާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ސަރުކާރުން ދަނީ ފަންނާނުންނަށް އެފަދަ ފުރުޞަތުތައް ހޯދައިދެމުންނެވެ.