ޚަބަރު

ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަކުރާނެ- މެޓްއޮފީސް


މިއަދުގެ ކުރިއަށްއޮތް ގަޑިތަކުގައިވެސް ރާއްޖޭގެ
ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ
ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.

 މޫސުމާއި ބެހޭ އިދާރާއިން ބުނީ، ހައްދުންމަތިން
ފެށިގެން އެންމެ އުތުރުގެ އަތޮޅުތަކާއި ދެމެދަށް ބޯކޮށް ވާރޭވެހޭނެކަމަށާއި،
މާލެއަށްވެސް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. ނަމަވެސް މާދަމާ މޫސުން
ރަނގަޅުވާނެކަމަށް އެއިދާރާއިން ލަފާކުރެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް
ގަދަވާނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ތިރީސް ފަސްމޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދެއެވެ.