ޚަބަރު

ޤައުމީ ދިފާއީބާރުގެ އެލާޓްލެވެލް ޢާންމު ޙާލަތަށް ބަދަލުކޮށްފި


ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޤައުމީ ދިފާއީ ބާރުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަން މިއަދުގެ ނިޔަލަށް ނިންމާލައި އެލާޓް ސްޓޭޓަސް ޢާންމު ޙާލަތަށް ބަދަލުކޮށްފިއެވެ.

އެމްއެންޑީއެފް އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ވަނީ ސިފައިންގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސާފައެވެ. ސިފައިންގެ އެލާޓް ސްޓޭޓަސް "ޔެލޯ 2 އަށް"އަށް ބަދަލު ކޮށް ހިންގި މި އޮޕަރޭޝަން ނިންމާލާފައިވަނީ މިއަދު ހެދުނު 6 ޖެހިއިރުއެވެ. މިއަދަށް މި އޮޕަރޭޝަން ނިންމާލާފައިވާއިރު މިއީ ވަރަށް ކާމިޔާބް އޮޕަރޭޝަނެއްކަމަށް އެމްއެންޑީއެފްއިން ވިދާޅުވެފައިވެއެވެ.

މި އޮޕަރޭޝަންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުނު ޙަރަކާތްތަކަށް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ ފަރާތުން ލިބބުނު އެއްބާރުލުމާ އެހީތެރިކަމަށް އެމްއެންޑީއެފްއިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެމްއެންޑީއެފްގެ އެލަރޓް ސްޓޭޓަސް "ޔެލޯ 2" ސްޓޭޓަސް އަކީ ޤައުމުގެ ސުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެކަމަށް ބެލެވުން ނުވަތަ އެފަދަ މަޢުލޫމާތެއް ލިބުމުން ސިފައިން ގެންނަ ސަމާލުކަމެކެވެ.