ޚަބަރު

ލިންކް ރޯޑުގައި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް އަނިޔާވެއްޖެ


އައްޑޫ ލިންކް ރޯޑްގައި މިރޭ އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާވި ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެއެވެ.މިރޭ ނުވައެއްޖެހި އިރު ހިތަދޫ ޕޮލިސް ކަސްޓޯޑިއަލް ކައިރިން ލިންކްރޯޑްގައި ހިނގި މި އެކްސިޑެންޓް ހިނގާފައިވަނީ ދެސައިކަލެއް ޖެހިގެންކަމަށް ފުލުހުންބުނެއެވެ.ފުލުހުންބުނީ، މި އެކްސިޑެންޓްވި ދެސައިކަލުގެ ތެރެއިން އެއްސައިކަލުގައި ތިބީ ބިދޭސީ 2 އަންހެނެއްކަމަށެެވެ. އަދި އަނެއްސައިކަލް ދުއްވަން އިނީ ދިވެހި ފިރިހެނެއްކަމަށެވެ.މި މައްސަލަ ފުލުހުންދަނީ ތަހުގީގް ކުރަމުންނެވެ.