ޚަބަރު

ހުޅުމާލެ ހޮސްޕިޓަލް ހިންގުން، އާސަންދަ ކުންފުނިން ހުއްޓާލައިފި


ހުޅުމާލެ ހޮސްޕިޓަލް މިހާތަނަށް ހިންގަމުންދިޔަ އާސަންދަ ކުންފުނިން މިއަދުންފެށިގެން އެހޮސްޕިޓަލް ހިންގުން ހުއްޓާލައިފިއެވެ.

އާސަންދަ ކުންފުނިން ވަނީ މިކަން ހާމަކުރައްވާފައެވެ. މި ބަދަލާއެކު ހުޅުމާލޭ ހޮސްޕިޓަލްގެ ހިންގުން މިހާރު ކުރިއަށްދަނީ ރާއްޖޭގެ ސިއްޙީ ކަންކަން ރެގިއުލޭޓްކުރާ ފަރާތުގެ ޙައިސިއްޔަތުން މިނިސްޓްރީ އޮފް ހެލްތުގެ ބެއްލެވުމުގެދަށުންކަމަށް މަޢުލޫމާތުލިބެއެވެ.

މިކަމާއި ގުޅޭގޮތުން ހެލްތު މިނިސްޓްރީން ވިދާޅުވީ ގްރޭޓަރ މާލޭ ސަރަޙައްދުގެ ހޮސްޕިޓަލްތައް ވަކި ޚާއްސަ ބޯޑެއްގެ ދަށުން ހިންގުމަށް މަޝްވަރާކުރައްވަމުންގެންދަވާކަމަށެވެ. މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ނަމުގައި ހޮސްޕިޓަލްތައް ހިންގުމަށް މަޝްވަރާތައްކުރެވެމުންދާއިރު މިކަމުގައި އަދި ވަކި ގޮތެއް ނުނިމޭކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އާސަންދަ ކުންފުނީގެ ދަށަށް ހުޅުމާލޭ ހޮސްޕިޓަލް ބަދަލުކޮށްފައިވަނީވަނީ 2016ވަނަ އަހަރުގެ ތެރޭގައެވެ.